ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލުން، އަންނަ ޖެނުއަރީ މަހު ފަށާ އާ ދިރާސީ އަހަރުގެ އެޑްމިޝަނަށް ހުޅުވާލައިފި އެވެ. 

އެ ސްކޫލުގެ ވެބްސައިޓު މެދުވެރިކޮށް އެ ސްކޫލުގެ ޓޮޑްލާ ޓްރާންސިޝަން ޕްރޮގުރާމް، ޕްލޭ ސްކޫލް، ނާސަރީ، ޖޭކޭޖީ އަދި އެސްކޭޖީއަށް މިހާރު އެޕްލައި ކުރެވޭނެ އެވެ. 

ކެންގަރޫ ކިޑްސްގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި.
ކެންގަރޫ ކިޑްސްގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި.

ކެންގަރޫ ކިޑްސްއިން ބުނީ އެ ސްކޫލަކީ ޕްރީސްކޫލް މަރުހަލާގެ ތައުލީމާ މެދު އާއްމުން ކުރިން ދެކެމުން އައިގޮތް މުޅިން ބަދަލުކޮށްލައި، އާއްމުންގެ ފުރިހަމަ އިތުބާރުހޯދާފައިވާ ބްރޭންޑެއް ކަމަށެވެ. އެގޮތުން، އަލަށް އުފެދެމުން އައި އާ އެހެން ޕްރީ ސްކޫލުތަކާއި، އެ ސްކޫލުތަކުގެ  ބެލެނިވެރިން ވެސް، ޕްރީސްކޫލެއް ފުރިހަމަކޮށް ހިންގުމާއި، ދަރިވަރުންނަށް ހިދުމަތްދިނުމުގެ ރިފަރެންސެއް ގޮތަށް ކެންގަރޫކިޑްސް ބަލަމުން އަންނަ ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ. 

ދެނިޔޭގެ އެކި ގައުމުތަކާއި، ހާއްސަކޮށް އިންޑިއާގެ އެކި ހިސާބުތަކުގައި ހިންގާ އެތައް ސަތޭކަ ކެންގަރޫ ކިޑްސް ސްކޫލްތަކުގެ ތެރެއިން ވެސް، މާލޭގައި ހިންގާ ކެންގަރޫ ކިޑްސް ޕްރީސްކޫލަކީ ނަމޫނާ ސްކޫލެއްގެ ގޮތުގައި އެކި އަހަރުމަތިން އެވޯޑު ލިބިފައިވާ ސްކޫލެކެވެ. 

ކެންގަރޫ ކިޑްސްގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި.
ކެންގަރޫ ކިޑްސްގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި.

ކެންގަރޫ ކިޑްސް އަކީ ތިން ސެޝަނަށް ބަހާލައިގެން ހިންގާ ސްކޫލެކެވެ. މި ސްކޫލުގެ ކޮންމެ ސެޝަނެއްގައި ވެސް ކޮންމެ ގްރޭޑެއްގެ ކްލާހެއް ހިމެނެ އެވެ. އަދި ކޮންމެ ގްރޭޑެއް ވެސް މަދުވެގެން ތިން ގަޑިއިރަށް ކިޔަވައިދެ އެވެ.

ޓޮޑްލާ ޓްރާންސިޝަން ޕްރޮގްރާމް، ޕްލޭ ސުކޫލް އަދި ނާސަރީ ތިން ސެޝަނަށް ބަހާލާއިގެން ހިންގާއިރު، ތިން ގްރޭޑް ވެސް މިތަނުން ކޮންމެ ސެޝަނެއްގައި ވެސް ހިންގަ އެވެ. އަދި މި ތިން ގްރޭޑްގައި ވެސް، ދުވާލަކު ތިން ގަޑިއިރު ކިޔަވައިދެ އެވެ. އޭގެ އިތުރުން، ޖޭކޭޖީ އަދި އެސްކޭޖީ ދެ ސެޝަނަކަށް ބަހާލައިގެން ހިންގާއިރު، ކޮންމެ ސެޝަނެއްވެސް ހަތަރު ގަޑިއިރަށް ހިންގަ އެވެ.

ކެންގަރޫ ކިޑްސްގައި 18 މަހުން ފެށިގެން 6 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ 5 ގްރޭޑްގެ އިތުރުން، ހަމައެކަނި ކެންގަރޫ ކިޑްސްގެ ދަރިވަރުންނަށް ހާއްސަކޮށް ހިންގާ ޓްވިންކަލް ސްޓާސް ޕްރޮގްރާމަކީ ވެސް ފާހަގަކޮށްލެވޭ ޕްރޮގްރާމެކެވެ. މިއީ ދަރިވަރުން ސްކޫލްގައި ހަ ގަޑިއިރާ ހަމައަށް ބައިތިއްބަން ބޭނުންވާ ބެލެނިވެރިންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން، ހެނދުނު 7:30 އިން ފެށިގެން ހަވީރު 5:30 އާއި ހަމައަށް، ހިންގާ ޕްރޮގްރާމެކެވެ.

މިއީ ވަޒީފާތަކަށްދާ ބެލެނިވެރިންގެ މެދުގައި މަގުބޫލު ޕްރޮގުރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން، ދަރިވަރުން ގެ ސްކޫލް ގަޑި ފެށުމުގެ ކުރިން ނުވަތަ ނިމުމަށްފަހު، އިތުރު ތިންގަޑިއިރާ ހަމައަށް ދަރިވަރުން ސްކޫލްގައި ބޭތިއްބޭނެ އެވެ. މި ޕްރޮގްރާމަކީ ވެސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްގެން، ވަކި ކަރިކިއުލަމެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ކެންގަރޫ ކިޑްސްއިން ބުނީ އެ ސްކޫލުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ހުރިހާ އާލާތްތައް ވެސް ސީދާ ކްލާސްރޫމްގެ ތެރެއިން ލިބެން ހުންނާނެ ކަމަށެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު ތަހުމީނާ  ވިދާޅުވީ އެ ސްކޫލުން ބެލެނިވެރިންގެ އަތުން ސްކޫލް މަހު ފީ ފިޔަވައި އިތުރު ފީއެއް ނުނަގާކަމަށާއި އިތުރު ފީ އަކާއި ނުލައި، ދެ ސެޓު ޔުނިފޯމާއި ފޮތް ސެޓު ކޮންމެ ކުއްޖަކަށް ވެސް އަހަރަކު އެއްފަހަރު ލިބޭނެ ކަމަށެވެ. އަދި ކްލާހުގައި ބޭނުންކުރާ ހުރިހާ އެއްޗެއް ވެސް ސްކޫލުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. 

"ދަރިވަރުން ސްކޫލަށް އަންނަން ޖެހޭނީ ހަމައެކަނި އިންޓަވަލް އަދި ފެންފުޅިއެއް ހިފައިގެން. އަޅުގަނޑުމެންގެ ފޮތް ސެޓަކީ ސީދާ ކަރިކިއުލަމަށް އަމާޒުކޮށް ހަދާފައިވާ ފޮތް ސެޓެއް. މީގައި ދިވެހި، އިސްލާމް، އަދި ގުރުއާނަށް ހާއްސަ ފޮތްތައް ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މިއީ އަހަރަކު އެއް ފަހަރު އަޕްގްރޭޑް ކުރެވޭ ފޮތްތަކެއް ކަމަށެވެ. އަދި ސްކޫލްގައި ބޭނުންކުރާ ކޮންމެ ފޮތަކާ އެއްގޮތަށް ހޯމް އެކްސްޓެންޝަން ފޮތްތަކެއް ވެސް އެ ސްކޫލުން ފޯރުކޮށްދޭ ކަން ފާހަގަކުރެއްވި އެވެ. 

"އެސްކޭޖީ ލެވެލްގައި ދިވެހި މާއްދާއަށް ވެސް ސްކޫލްގައި ބޭނުންކުރާ ފޮތުގެ އިތުރުން، ހޯމް އެކްސްޓެންޝަން ފޮތެއް އަޅުގަނޑުމެން ފޯރުކޮށްދެން. މިއީ ގޭގައި ދަރިވަރުންނަށް އިތުރަށް މަސައްކަތްކޮށްދިނުމަށް ބޭނުންވާ ބެލެނިވެރިންނަށް އެހީއަކަށް އަޅުގަނޑުމެން ފޯރުކޮށްދޭ ވަސީލަތްތަކެއް، މިއިން އެއްވެސް ކަމަކީ އިތުރު ފީއެއް ނަގާ ކަންކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. 

ކެންގަރޫ ކިޑްސްގެ އެޑްމިޝަނަށް މިހާރު ހުޅުވާލާފައި ވާއިރު، އެ ސްކޫލުގެ އެކި ގްރޭޑުތަކާއި ސްކޫލާއި ގުޅޭ އިތުރު މައުލޫމާތު އެ ސްކޫލާއި ސްކޫލުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.