ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މަރުކަޒު 2019 ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މައުރަޒުގެ ބޭނުމަކީ އިގްތިސާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރުމެވެ. އަދި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، އުފެއްދުންތައް ކުރިއެރުވުމަށާއި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނާއި އާންމުންނަށް އެއްތަނަކުން އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމް ކޮށްދިނުމެވެ.
މީގެ އިތުރުން ދިވެހި އުފެއްދުންތަކާއި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
މައުރަޒުގައި ބައިވެރިވެވޭނެ ދާއިރާތައް
- ވަކިވަކި ފަރުދުންގެ ދާއިރާ
- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
- ވިޔަފާރިތަކުގެ ދާއިރާ
- ތައުލީމު ދޭ މަރުކަޒުތަކުގެ ދާއިރާ
- ކްލަބު ޖަމިއްޔާތަކުގެ ދާއިރާ
މި މައުރަޒުގައި ބައިވެރިވުމަށް ޖޫން 30 ގެ ކުރިން ފޯމު އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅަންޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.