ކުޑަކުދިން ކުޅޭ އެއްޗެހި ވިއްކާ ޕީކަބޫގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

އިއްޔެ ހުޅުވި މި ފިހާރަ ހުންނާނީ ހުޅުމާލެ ނިރޮޅުމަގުގެ އެޑް އޯން ސްޓޯރުގެ ކުރިމަތީގަ އެވެ. މި ފިހާރައިގައި ލެގޯ ބްރޭންޑާއި މެލިސާ އެންޑް ޑަގް މައި ލިޓިލް ޕޯނީ ފަދަ މަޝްހޫރު ބްރޭންޑުގެ ކުޅެ އެއްޗެހި ލިބެން ހުންނާނެ އެވެ.

ޕީކަބޫ އަކީ ރާއްޖެ އަށް އެންމެ ކޮލިޓީ ރަނގަޅު ކުޅޭ ތަކެތި އެތެރެކުރާ އެއް ފިހާރަ އެވެ. އެ ފިހާރައިން ކުޅޭ އެއްޗެހީގެ އިތުރުން ތަފާތު އެކި ކޮސްޓިއުމްތައް ވެސް ލިބެން ހުންނާނެ އެވެ. މި ކޮސްޓިއުމްތަކަކީ ވެސް މެލިސާ އެންްޑް ޑަގް ބްރޭންޑުގެ ކޮސްޓިއުމްތަކެވެ. މީގެ އިތުރުން ޑީޖޭއައި ބްރޭންޑުގެ ޑްރޯން އާއި އަންޑަވޯޓާ ކެމެރާ ވެސް ޕީކަބޫގެ މި ފިހާރައިން ލިބެން ހުންނާނެ އެވެ.

ތައުލީމާ ގުޅޭ ކުޅޭތަކެތި ވެސް ޕީކަބޫ އިން ވިއްކަ އެވެ. އެގޮތުން، ރޮބޮޓް ތައްޔާރު ކުރާގޮތް ކިޔައިދޭ ތަކެއްޗާއި ސައިންސާ ގުޅުންހުރި "ސްޓެމް އެޑިއުކޭޝަން" ކިޓުތައް ވެސް މި ފިހާރައިން ލިބެން ހުންނާނެ އެވެ.

ޕިކަބޫގެ އިތުރު ދެ ފިހާރަ މިހާރު ވެސް މާލޭގެ މަޖީދީ މަގުގަ އާއި ބުރުޒު މަގުގައި ހުރެ އެވެ. މީގެ އިތުރުން އެ ފިހާރައިން ވިއްކާ ތަކެއްޗާއި އަގު ބަލާލެވޭނެ ހެން www.peekaboo.mv ވެބްސައިޓެއް ވެސް ވަނީ ހުޅުވާފަ އެވެ.