އިގްތިސާދާއި އާބާދީއާ ގުޅޭ މައުލޫމާތު ފަސޭހައިން ބަލައިލެވޭ "އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރާ ޕޯޓަލް" މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ތައާރަފްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެ ޕޯޓަލް އިން އިންފްލޭޝަން، އިގްތިސާދު އަދި އާބާދީއާ ގުޅޭ ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ލިބޭނެ ކަމަށެވެ.

އެ ޑޭޓާ އެކްސްޕްލޯރާ މެދުވެރިކޮށް ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ މައުލޫމާތާއި، ޖީޑީޕީގެ ތަފާސްހިސާބުތައް ވެސް ހޯދޭނެ އެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ، ރާއްޖޭގެ އިގްތިސާދާއި އާބާދީއަށް އަންނަ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުމަށް އެ އެ ޕްލެޓްފޯމް ބޭނުންކުރެވޭނެ ކަމަށެވެ. އަދި މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހަކަމާ އެކު އެ މައުލޫމަތުތައް ލިބޭނެ ކަމަށް ބުންޏެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ސަބަބުން ގައުމުގައި ރަސްމީ ތަފާސްހިސާބުތައް ދެނެގަތުމާއި، ބެލެހެއްޓުމާއި، ކޮންޓްރޯލްކުރުމާއި، އަދި އާންމުން ހޭލުންތެރިކުރުމާ ބެހޭ ގާނޫނީ އަދި މުއައްސަސާގެ އޮނިގަނޑު ހަރުދަނާ ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. 

އެ ގާނޫނުގެ ދަށުން، ނެޝަނަލް ސްޓެޓިސްޓިކް ބިއުރޯ އިސްކޮށް ހިންގުމަށްޓަކައި ޗީފް ސްޓެޓިސްޓިޝަނެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޔަންކޮށްފަ އެވެ. އެ ބިއުރޯ ހިންގަނީ ފިނޭންސް މިނިސްޓްރީގެ ދަށުންނެވެ.