މަޝްހޫރު އެކި ބްރޭންޑުތަކުގެ ސެންޓުތަކުގެ ކޮލިޓީ 'ޑޫޕްސް'ތައް ރާއްޖޭގައި ތައްޔާރުކޮށް، ވިއްކާ އޮންލައިން ޕޭޖު، ސްވީޓް ސްމައިލް އެމްވީ އިން ވޯލްޑްކަޕަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި އެ ޕޭޖުގެ އެންމެ މަގުބޫލު ސެންޓުތަކަށް ބޮޑެތި ޑިސްކައުންޓުތަކެއް ވަނީ ދީފަ އެވެ. މުޅި ވޯލްޑް ކަޕްގެ މުއްދަތަށް ކުރިއަށް ދާ މި ޕްރޮމޯޝަނުގައި 10 ޕަސެންޓުން ފެށިގެން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ސެންޓު ވިއްކާ މި ޕޭޖުން 'ޑިއޯ'، 'ކަޔާލި"، 'ކްރީޑް'، 'ޓޮމްފޯޑް' އަދި 'ބާބެރީ' ފަދަ ދިވެހިންގެ މެދުގައި މަގުބޫލު ލަގްޒަރީ ބްރޭންޑުތަކުގެ 'ޑޫޕްސް' ލިބެން ހުރެ އެވެ. އެ ޕޭޖުން ވިއްކާ ސެންޓުތަކަކީ އަމިއްލައަށް ތައްޔާރު ކުރާ، އޮރިޖިނަލްގެ ވަހާ ގާތް ކުރާ ސެންޓުތަކެކެވެ.
ސުވީޓް ސްމައިލްއިން ބުނީ އެ ޕޭޖުން ވިއްކާ ސެންޓުތަކުން އޮރިޖިނަލް ސެންޓުތަކުގެ ވަހާއި 99 ޕަސެންޓު އެއް ގޮތްވާނެ ކަމަށެވެ. އަދި އެ ސެންޓުތަކުގެ ވަހަކީ ވެސް އޮރިޖިނަލް ސެންޓުގެ ވަސް ދެމިހުންނަހާ އިރަށް ނުވަތަ އެއަށް ވުރެ ވެސް ގިނަ އިރަށް ދެމިހުންނާނެ ސެންޓުތަކެއް ކަމަށް ވެސް ބުންޏެވެ.
އެ ޕޭޖުން ބުނީ ސުވީޓް ސްމައިލް އަކީ ކަސްޓަމަރުންގެ އިތުބާރު ހޯދަމުން އަންނަ ވިޔަފާރިއެއް ކަމަށެވެ. އަދި އެ ޕޭޖުން ކޮންމެ ދުވަހަކު ވެސް ރޭގަނޑު 7 ޖެހުމާއި ހަމައަށް ލިބޭ އޯޑަރުތައް އެރޭ ރޭގަނޑު 8 އިން 11އާ ހަމައަށް ޑެލިވާ ކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
ލަގްޒަރީ އެކި ބްރޭންޑުތަކުގެ ސެންޓުތައް ހެޔޮ އަގުގައި ގަންނަ ބޭނުންވާ ފަރާތްތަކަށް މި ޕޭޖުން ވިއްކާ ޑޫޕް ސެންޓުތައް ކަމުދާނެ ކަމަށް ސުވީޓް ސްމައިލްއިން ބުންޏެވެ. މިފަދަ އެކި ޑޫޕް ސެންޓުތަކަކީ ދިވެހިންގެ މެދުގައި މަގުބޫލުވަމުންދާ ސެންޓުތަކެކެވެ.