ރޯދަ މަހުގެ އަޅުކަމަށް ތައްޔާރުވާއިރު، ދިރިއުޅޭ ތަނަކީ ވެސް އަޅުކަމަށް ހާއްސަ ތަނަކަށް ބަދަލުވެގެން ދެ އެވެ. ރަަމަޟާން މަހަކީ އަޅުކަމަށް ހާއްސަ މަހަކަށް ވާއިރު، ހާރުދަން ނިމޭ ވަގުތު ފަތިހުގެ ބަންގީގެ އަޑާއި ރޯދަ ވިއްލަން ތައްޔާރުވެ ތިބޭ ވަގުތު އިރުއޮއްސި މަޣުރިބަށް ގޮވާއަޑު އިވެން ހުރުމަކީ އެ ވަގުތުތަކުގެ ހާއްސަކަން އިތުރުކޮށްދޭނެ ކަމެވެ.
ބޭފެންސީ ރެޒިޑެންސް ހާއްސަ ވަނީ އެހެންވެ އެވެ. އެ ތަން ތަރައްގީ ކުރަމުން އަންނަނީ އަޅުކަމަށް މިސްކިތަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން މިސްކިތަށް ދެވޭނެ ގޮތަށް، ކައިރީގައި މިސްކިތެއް ހުންނަ ލޮކޭޝަނެއްގަ އެވެ. އަދި އެތަނުގެ އެޕާޓްމަންޓުތަކަށް އެ މިސްކިތުން ބަންގީގެ އަޑު ވެސް އިވޭނެ އެވެ.
ހުޅުމާލެ ފޭސް 2ގައި ހަދަމުން އަންނަ މި އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ކޮންމެ ނަމާދަކަށް ނުވަތަ ތަރާވީސް ނަމާދަށް ފަސޭހައިން ހިނގާފައި ދެވޭނެ އެވެ.
އަދި ރޯދަ މަހަކީ އާއިލާތަކުން އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ މަހަކަށް ވާއިރު، އެ އިމާރާތުގައި އާއިލާތަކަށް ހާއްސަކޮށް ތަރައްގީކުރަން ހަމަޖެހިފައިވާ ޕާކަކީ ރޯދަ ކުރުކޮށް، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އެންމެ އެކަށީގެންވާނެ ފަދަ ޖާގައެކެވެ. މި ޕާކުގެ އިތުރުން ބޭފެންސީ ރެޒިޑެންސަކީ އާއިލާއާ އެކު ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ވެސް އުފާވެރި، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އެކި ފެސިލިޓީތައް ހިމެނޭ ތަނެކެވެ.
ބޭފެންސީ ރެޒިޑެންސްގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށް ގޮސް، ބޮޑެތި ސްޓްރަކްޗަރަލް މަސައްކަތްތަކާއި މޭސެނަރީ މަސައްކަތްތައް އަދި ރޫފިން އާއި އެކްސްޓާނަލް ވޯޓާ ޕްރޫފިންގެ ހުރިހާ މަސައްކަތްތަކެއް ވަނީ ނިމިފަ އެވެ. މިހާރު މި ޕްރޮޖެކްޓުގައި ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތަކެވެ.
ބޭފެންސީ ރެޒިޑެންސްގައި މިހާރު 15 ވަނަ ފްލޯގެ އިންޓާނަލް ވޯލް ޕްލާސްޓަރިން މަސައްކަތްތައް ނިންމާ 14 ވަނަ ފްލޯގެ އިންޓާނަލް ވޯލް ޕްލާސްޓަރިންގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
މިތަނުގެ އެކްސްޓާނަލް ވޯލް ޕްލަސްޓަރިންގެ މަސައްކަތްތައް ސިސްޓެމިކަލީ ކުރިއަށް ދާއިރު، އެޕާޓްމަންޓުތަކުގެ 70 ޕަސެންޓު ވަނީ ނިމިފަ އެވެ. އެ އެޕާޓްމަންޓްތަކުން މިހާރު ވެސް އެ ތަނުގައި ކޮށްފައި ހުރި މަސައްކަތްތަކުގެ ކޮލިޓީ އާއި ތަނުގެ އެކި ޑީޓެއިލްތަކަށް ދީފައިވާ ސަމާލުކަން ފެންނާނެ އެވެ.
ބޭފެންސީގެ އެޕާޓްމަންޓުތައް ގަނެފައިވާ ފަރާތްތަކަށް އެތަން މި އަހަރުގެ ޑިސެމްބަރު މަހު ހަވާލުކުރަން ވަނީ ހަމަޖެހިފަ އެވެ. މި ތަން ގަންނަ ފަރާތްތަކަށް އަންނަ އަހަރުގެ ރަމަޟާން މަސް، ހިތްފަސޭހަ މާހައުލެއްގައި، ބަންގީގެ އަޑާއި އެކު ތަޖުރިބާކުރަން ލިބޭނެ އެވެ.
ބޭފެންސީގެ އެޕާޓްމަންޓުތަކުގައި އިރުއޮއްސޭ ހިތްފަސޭހަ މަންޒަރާއި އެކު ރޯދަ ވިއްލުމާއި ތަރާވިހަށް ފަސޭހައިން ދެވޭނެ ކައިރި މިސްކިތަކާއި އެކު، އާއިލާއާ އެކު އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އެކި ފެސިލިޓީތަކާއި އެކު އަންނަ ރޯދަ މަހަކީ ތަފާތު، ރޯދަ މަހަކަށް ވެގެން ދާނެ އެވެ.
ނޯޓު: މިއީ ބޭފެންސީ ރެޒިޑެންސްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.