އުރީދޫން "އުރީދޫ ކަރާ މޮމެންޓްސް"ގެ ނަމުގައި ހާއްސަ ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފި އެވެ.
އެއީ ކަރާއާ ގުޅޭ ފޮޓޯ ނުވަތަ ވީޑިއޯ ހިއްސާކޮށްގެން ކޮންމެ ހަފްތާއަކު ވެސް އިނާމު ލިބޭ ހަރަކާތެކެވެ. އެ ހަރަކާތުގައި ބައިވެރިވެވޭނީ OoredooKaraaMoments# ހޭޝްޓެގާއި އެކު ކަރާ ތީމަށް ފެތޭ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ހިއްސާކޮށްގެންނެވެ.
އެގޮތުން ކަރާ ތީމު ފޯނު ކަވަރެއް ފަދަ އެއްޗެއްގެ ފޮޓޯއެއް ނުވަތަ ކަރާ ކާ މަންޒަރު ނުވަތަ ކަރާތަކެއްގެ ފޮޓޯއެއް ނުވަތަ އުރީދޫގެ ކަރާ ފެޅުން ގޭމް ހިމެނޭ ފަދަ އެކި ފޮޓޯ ނުވަތަ ވީޑިއޯއެއް ޕޯސްޓުކޮށްގެން އެ ހަރަކާތުގައި ބައިވެރިވެވޭނެ އެވެ.
މި ހަރަކާތުގައި ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި އެއް ފަރާތަކަށް ސޯސަން ފިހާރައިގެ ހާއްސަ ގިފްޓް ޕެކެއް ލިބޭނެ އެވެ. އެ ހަރަކާތުގެ ފުރަތަމަ ނަސީބުވެރިޔާ ހޮވުން މިރޭ އޮންނާނެ އެވެ.
ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ސޯޝަލް މީޑިއާ ޗެލެންޖަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މުޖުތަމައުގެ މެދުގައި ގުޅުން ބަދަހިކޮށް، އުފާވެރި ވަގުތުތައް ހިއްސާ ކުރުމުގެ ގޮތުން އެ ކުންފުނިން ކުރިއަށް ގެންދާ ހަރަކާތެކެވެ.