އޮސްޓްރޭލިއާގެ މަގުބޫލު ޑެވޮންޑޭލް ބްރޭންޑުގެ އުފެއްދުންތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑެކެވެ. މި ބްރޭންޑުގެ އެކި ވައްތަރުގެ ކިރު ޕެކެޓުތަކުން ފެށިގެން ބްރޭންޑުގެ އެކި އުފެއްދުންތައް ވެސް ދިވެހިންގެ މެދުގައި މަގުބޫލެވެ. މި ބްރޭންޑުން ރާއްޖޭގެ މާކެޓަށް ލިބިފައިވާ އިތުބާރާ އެކު އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ވަނީ އެ ބްރޭންޑުގެ އާ އުފެއްދުންތަކެއް ތައާރަފްކޮށްފަ އެވެ.

މިފަހަރު މާކެޓަށް ނެރުނު އުފެއްދުންތަކަކީ ކޭކާއި ޕޭސްޓްރީޒް ފަދަ ތަފާތު އެކި ބޭކިން ބޭނުންތަކަށް މުހިންމު ތަކެއްޗެވެ. އެގޮތުން މި ފަހަރު މާކެޓަށް ނެރުނު ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނެނީ:

  • ޑެވޮންޑޭލް ސޯލްޓަޑް އަދި އަންސޯލްޓަޑް ބަޓާ

ޑެވޮންޑޭލްގެ ސޯލްޓަޑް އަދި އަންސޯލްޓަޑް ބަޓާގެ 250 ގުރާމާއި 500 ގްރާމް އަދި 3 x 500 ގުރާމުގެ ބަޓާ ވަނީ ތައާރަފްކޮށްފަ އެވެ. މިއީ ބޭކް ކުރުމާއި ކެއްކުމުގައި ވެސް ބޭނުން ކުރެވޭނެ ރަހަ މީރު ބަޓަރެކެވެ. ޑެވޮންޑޭލް ބަޓަރުގެ އެކި ބްލެންޑުތައް ވެސް އެސްޓީއޯއިން ވަނީ ވިއްކަން ފަށާފަ އެވެ. އެގޮތުން ހެނދުނުގެ ނާސްތާގައި ޓޯސްޓުގައި ބޭނުން ކުރެވޭނެ، ސްމޫތް، ރަހަމީރު "ޑެއިރީ ސޮފްޓް – އޮރިޖިނަލް"ގެ 250 ގްރާމައި 500 ގްރާމުގެ ވަނީ ތައާރަފްކޮށްފަ އެވެ. އޭގެ އިތުރުން ލޮނުގެ މިންވަރު މަދު، "ޑެއިރީ ސޮފްޓް – ސޯލްޓް ރިޑިއުސްޑް"ގެ 500 ގްރާމުގެ ބަޓަރު ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

ޑެވޮންޑޭލްގެ ބަޓަރުގެ އެކި ވައްތަރުތައް އެސްޓީއޯއަށް ވަނީ ތައާރަފްކޮށްފަ. -- ފޮޓޯ: އެސްޓީއޯ
ޑެވޮންޑޭލްގެ ބަޓަރުގެ އެކި ވައްތަރުތައް އެސްޓީއޯއަށް ވަނީ ތައާރަފްކޮށްފަ. -- ފޮޓޯ: އެސްޓީއޯ

މި އުފެއްދުންތަކުގެ އިތުރުން ޑެވޮންޑޭލްގެ 7 ގުރާމުގެ ކުދި ޕޯޝަން ބަޓާ ތަށިތައް ވެސް އެސްޓީއޯއިން ވަނީ ތައާރަފްކޮށްފަ އެވެ. މިއީ ކެފޭ، ރެސްޓޯރަންޓުތަކާއި ކޭޓަރިންގެ އިތުރުން އެއާލައިންތަކުގައި ވެސް ބޭނުން ކުރެވޭނެ އުފެއްދުމެކެވެ.

ބަޓަރަކީ ފެޓްސް ކޮންޓެންޓް ބޮޑު އެއްޗަކަށް ވާއިރު, ދުޅަހެޔޮކޮށް ކާން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް, ސަރުބީގެ އަދަދު މަދު އެކްސްޓްރާ ސޮފްޓް ބަޓަރ ބްލެންޑްގެ 250 ގުރާމާއި 500 ގްރާމާއި 750 އަދި 3 x 500 މިހާރު އެސްޓީއޯ އިން ލިބޭނެ އެވެ.

ޑެވޮންޑޭލްގެ ބަޓަރުގެ އެކި ވައްތަރުތައް އެސްޓީއޯއަށް ވަނީ ތައާރަފްކޮށްފަ. -- ފޮޓޯ: އެސްޓީއޯ
ޑެވޮންޑޭލްގެ ބަޓަރުގެ އެކި ވައްތަރުތައް އެސްޓީއޯއަށް ވަނީ ތައާރަފްކޮށްފަ. -- ފޮޓޯ: އެސްޓީއޯ
  • ޑެވޮންޑޭލް ޝްރެޑެޑް މޮޒެރެއްލާ ޗީޒް

މިއީ ވެސް ޑެވޮންޑޭލްގެ އެހެން ޕްރޮޑަކްޓުތަކެކޭ އެއްފަދައިން އޮސްޓްރޭލިއާގެ ކޮލިޓީ ރަނގަޅު ކިރު ބޭނުންކޮށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މަޑު ކްރީމީ ރަހައެއް ހުންނަ މި ޗީޒް އަކީ ޕިއްޒާ ފަދަ ތަކެތި ތައްޔާރުކުރުމުގައި ފަސޭގައިން ބޭނުން ކުރެވޭނެ ޝްރެޑެޑް ޒީޗެކެވެ. ޑެވޮންޑޭލް ޝްރެޑެޑް މޮޒެރެއްލާ ޗީޒްގެ 600 ގްރާމު މިހާރު އެސްޓީއޯއިން ލިބޭނެ އެވެ.

  • ޑެވޮންޑޭލް ކްރީމް ޗީޒް

މިއީ ކްރީމީ، ރިޗް ޓެކްސްޗާއެއް ހިމެނޭ، ރަހަ މީރު ކްރީމް ޗީޒެކެވެ. މިއީ ޗީޒް ކޭކާއި ބޭކިންގެ އެކި ބޭނުންތަކަށް ބޭނުން ކުރެވޭނެ، ކޮލެޓީ ރަނގަޅު އުފެއްދުމެކެވެ. ޑެވޮންޑޭލް ކްރީމް ޗީޒްގެ ދެ ކިލޯ ގްރާމް އެސްޓީއޯއިން ވަނީ މާކެޓަށް ނެރެފަ އެވެ.

ޑެވޮންޑޭލްގެ ބަޓަރުގެ އެކި ވައްތަރުތައް އެސްޓީއޯއަށް ވަނީ ތައާރަފްކޮށްފަ. -- ފޮޓޯ: އެސްޓީއޯ
ޑެވޮންޑޭލްގެ ބަޓަރުގެ އެކި ވައްތަރުތައް އެސްޓީއޯއަށް ވަނީ ތައާރަފްކޮށްފަ. -- ފޮޓޯ: އެސްޓީއޯ
  • ޑެވޮންޑޭލް ސްލައިސްޑް ޗީޒް

މިއީ ސޭންޑްވިޗް، ބާގާ ފަދަ ކާތަކެތި ތައްޔާރުކުރުމަށް ބޭނުން ކުރެވޭނެ ޒީޗްއެކެވެ. މިއީ ވެސް ރަހައިގެ ގޮތުން މުއްސަނދި، ކްރީމީ ޗީޒްއެކެވެ. މި ޗީޒްގެ 250 ގްރާމް މިހާރު ލިބޭނެ އެވެ.

ޑެވޮންޑޭލްގެ އުފެއްދުންތަކަކީ ފެންވަރު ރަނގަޅު ކޮލެޓީ އުފެއްދުންތަކަކަށް ވުމުން, މިއީ ކާބޯތަކެތީގެ ރަހަތަށް އިތުރަށް ފުރިހަމަކޮށްދޭނެ އުފެއްދުންތަކެކެވެ. ޑެވޮންޑޭލްގެ އުފެއްދުންތައް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގައި ލިބެން ހުންނާނެ އެވެ.

ނޯޓު: މިއީ އެސްޓީއޯގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.