މި އަހަރު އޭ ލެވެލް ނަތީޖާ ލިބުނު ދަރިވަރުންނަށް ހާއްސަކޮށް ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

ވިލާ ކޮލެޖުން ބުނީ އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ލިބުނު ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު އިތުރުކޮށްދިނުމުގެ ގޮތުން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޖެނުއަރީ އިންޓޭކަށް އެޕްލައި ކުރުމުގެ ފުރުސަތު އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި އިންޓޭކުގައި ވެސް ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް 100އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ. 

ވިލާ ކޮލެޖުން ފުރުސަތު ހުޅުވާލާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި، ޔޫކޭގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ޕްރޮގްރާމްތަކާއި މެލޭޝިއާގެ ސައިބާޖާޔާ ޔުނިވާސިޓީ އާއި ޓޭލާސް ޔުނިވާސިޓީގެ އެކި ދާއިރާތަކުގެ ޕްރޮގްރާމުތައް ހިމެނެ އެވެ.

ވިލާ ކޮލެޖުން ފުރުސަތު ހުޅުވާލަފައިވާ ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓާ ސައިންސާއި ޓީޗިން އާއި އެޑިއުކޭޝަނާއި ޝަރީއާ އެންޑް ލޯގެ އިތުރުން ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ކޯސްތަކާއި ބިޒްނަސް މެނޭޖްމަންޓާއި އޭވިއޭޝަން މެނޭޖްމެންޓާއި އިންޓަނޭޝަނަލް ބިޒްނަސް އާއި އިކޮނޮމިކްސް އާއި އެކައުންޓިން އެންޑް ފައިނޭންސާއި ބޭންކިން އެންޑް ފައިނޭންސާއި މާކެޓިން އާއި ހިއުމަން ރިސޯސް އަދި އިންޖިނިއަރިންގެ ކޯސް ހިމެނެ އެވެ.

އެ ކޮލެޖުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާ އިތުރު ކޯސްތަކުގެ ތެރޭގައި ރިސާޗާއި ނާސިން އާއި ސައިކޮލޮޖީ އާއި ޕަބްލިކް ހެލްތާއި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިނާއި ހެލްތު ސާވިސަސް މެނޭޖްމަންޓާއި ޕްރޮޖެކް މެނޭޖްމަންޓާއި ހޮސްޕިޓަލިޓީ މެނޭޖްމަންޓާއި މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާޓްސްގެ ކޯސްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ޕްރޮގްރާމްތަކާއި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީ އަދި ސައިބަޖާޔާ ޔުނިވާސިޓީގެ ޕްރޮގްރާމްތައް ހިމެނެ އެވެ.

ވިލާ ކޮލެޖުގެ އިންޖިނިއަރިން ޕްރޮގްރާމްތަކަކީ އިނގިރޭސި ވިލާތުގެ ޕޯޓްސްމޯތު ޔުނިވާސިޓީން ވެލިޑޭޓުކޮށް ހިންގާ ކޯސްތަކެކެވެ. އެ ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއިން ޕޯޓްސްމޯތު ޔުނިވާސިޓީ އަށް ގޮސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވާސިޓީގައި ޑިގްރީގެ ފަހު އަހަރު ބައިވެރިވެވޭނެ އެވެ.

ވިލާ ކޮލެޖުގެ ކިޔެވުން ފަރުމާކޮށްފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާހައުލަށް ތައްޔާރު ވެފައިވާ ބަޔަކަށް ހެދުމަށެވެ. އެ މަގުސަދު ހާސިލްކުރުމަށްޓަކައި ކޮންމެ ޕްރޮގްރާމެއްގައި ވެސް ސިމިއުލޭޝަންތަކާއި އިންޓާންޝިޕާއި އެކްސްޓާންޝިޕް އަދި އިންޑަސްޓްރީ އާއި ގުޅިގެން ހިންގާ ޕާޓްނާޝިޕްތަކުގެ ދަށުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދެ އެވެ. އެ ނިޒާމުގެ ސަބަބުން ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ތައްޔާރުވެފައިވާ އަދި ގްލޯބަލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭ ގާބިލު އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖަކީ ދަރިވަރުންނަށް ބޭނުންވާ އިތުރު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ކޮލެޖެކެވެ. އެ ކޮލެޖުން ދަރިވަރުންނަށް އެކަޑަމިކް ރައިޓިން އާއި ރެފަރެންސިން އާއި އިނގިރޭސި ބަހުގެ ޓިއުޓޯރިއަލް އާއި ސްޓަޑީ ސްކިލްސް ވޯކްޝޮޕްތަކާއި ޑިސަޓޭޝަން ސަޕޯޓާއި ޕިއާ-އެސިސްޓެޑް ލާނިން އަދި ވީ-ކެއާ ކައުންސެލިން އެންޑް ސައިކޯތެރަޕީ ސެންޓަރު މެދުވެރިކޮށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެ އެވެ. މިއީ އޮންލައިންކޮށް އަދި ފޭސްޓުފޭސްކޮށް ވެސް އެ ކޮލެޖުން ފޯރުކޮށްދޭ ހިދުމަތްތަކެކެވެ.

ވިލާ ކޮލެޖުގެ ކޯސްތަކަކީ ވަޒީފާތަކުގައި އުޅެމުން ވެސް ކިޔެވޭނެ ގޮތަށް ފްލެކްސިބިލިޓީއާ އެކު ކިޔެވޭނެ ކޯސްތަކެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އެ ކޮލެޖުގައި އިންޖިނިއަރިން އާއި ޓީޗިން އާއި ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވައި، އެހެން ހުރިހާ ކޯހެއް އޮންލައިންކޮށް ކިޔެވޭނެ އެވެ.

ވިލާ ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް އެ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް މިހާރު ހުށަހެޅޭނެ އެވެ.