ހޯކްސް މޮބައިލް އެޕަށް ހާއްސަކޮށް "ރިޗާޖް އެންޑް ވިން ބިގް"ގެ ނަމުގައި އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ހޯކްސް ޕްލަސް އެޕްގެ ވޮލެޓަށް 250ރ. އިން މަތިން ޓޮޕްއަޕް ކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. ވޮލެޓު ޓޮޕްއަޕް ކުރުމުން ކޮންމެ ކަސްޓަމަރަކަށް ވެސް ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން ކޮންމެ މަހެއްގެ އެއް ވަނަ ދުވަހު އޮންނާނެ އެވެ.
އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި، ތިން ސައިކަލާއި ދެ އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން މި ޕްރޮމޯޝަންގެ މި މަހުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބޭނީ ހޮންޑާ އެއާބްލޭޑް 125 ސައިކަލެކެވެ. އަދި އަންނަ ފެބްރުއަރީ މަހަށް އެކަކުގެ އުމްރާ ދަތުރެއް ހުށަހަޅާފައިވާއިރު މާޗު މަހުގެ އިނާމަކީ ވެސް ހޮންޑާ އެއާބްލޭޑް 125 ގެ ސައިކަލެކެވެ.
އެ ޕްރޮމޯޝަނުގައި އޭޕްރިލް މަހަށް އުމްރާ ދަތުރެއް ހުށަހަޅާފައިވާއިރު މެއި މަހު ލިބޭނީ ހޮންޑާ އެއާބްލޭޑް 125 ގެ ސައިކަލެކެވެ.
މިއީ ހޯކްސްގެ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ހޯދައި ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.