އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން އަންނަ ރޯދަމަހާ ދިމާކޮށް "ނިޕޯން ރަމަޟާން ބާޒާރު ޕުރޮމޯޝަން" އެއް ފަށައިފި އެވެ.
އަމީނީ މަގުގައި ހުންނަ ޕެއިންޓް ޝޯ ރޫމްގައި ބޭއްވި ހަފްލާއެއްގައި މި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އެސްޓީއޯ ނިޕޯން ޝޯރޫމާއި އެސްޓީއޯ ހުޅުމާލެ ފިހާރަ އިން ވެސް ކުލަ އާއި ދަވާދު ގަނެވޭނެ އެވެ.
މި ޕްރޮމޯޝަންގައި ކުލަ އާއި ދަވާދު އެއާ ގުޅޭ ސާމާނު ގަންނަ މީހުންނަށް ހާއްސަ ކޮށްގެން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. ޕްރޮމޯޝަންގައި 1،000ރ. ގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ. ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތެއް ހޮވައި ސްކޫޕީ ކްލަބް 12 ގެ ސައިކަލެއް ލިބޭނެ އެވެ. މި ޕްރޮމޯޝަންގައި އަދިވެސް އިތުރު އަގު ހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެސްޓީއޯއިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.