ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް އެމްއޭސީއެލުން 216،000ރ. މިއަދު ހަދިޔާކޮށްފި އެވެ.
މިއީ ފިޔަވައްޗަށް ބޭނުންވާ ސައިކޮލޮޖީ ޓީޗަރުގެ އެއް އަހަރު ދުވަހުގެ މުސާރައަށްވާ ފައިސާ އެވެ.
މި ފައިސާ އެމްއޭސީއެލްގެ ފަރާތުން ފިޔަވައްޗާ ހަވާލު ކުރެއްވީ އެ ކުންފުނީގެ އެކްޓިން އިންޗާޖު އަދި ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތޯހާ އެވެ. ފިޔަވަތީގެ ފަރާތުން މި ފައިސާއާ ހަވާލުވީ އެތަނުގެ ސީއީއޯ ޒީނާ ގާސިމެވެ.
މިއީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފިޔަވައްޗަށް ފޯރުކޮށްދިން އެހީ އެކެވެ. ފައިސާގެ އެހީގެ އިތުރުން އިލެކްޓްރިކަލް އަދި އޭސީ މެއިންޓެނެންސްގެ ހިދުމަތް ވެސް އެ ކުންފުނިން ދޭނެ އެވެ.
އެމްއޭސީއެލުން ބުނީ އެ ކުންފުނިން އަބަދުވެސް ފިޔަވައްޗާ ގުޅިގެން އެތަނުގައި ދިރިއުޅޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.