ބައެއް ގައުމުތަކުގައި ހެނދުނުގެ ނާސްތާ ވަރަށް ލުއިކޮށް ގެންދެ އެވެ. ހިމެނެނީ ދެތިން ވައްތަރެކެވެ. އެކަމަކު ބައެއް ގައުމުތަކުގައި ވަރަށް ގިނަ ބާވަތްތަކާ އެކު ވަރުގަދަ ނާސްތާއެކެވެ.
އެމެރިކާގައި ޕޭން ކޭކާއި ބިހާއި ބޭކަން އެވެ. ޖަޕާނުގައި މީސޯ ސޫޕާއި ބަތާއި އަސާރަ އެވެ. އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ހެނދުނުގެ ނާސްތާގައި ބަތް ހިމެނުމަކީ އާންމު ކަކެވެ. ދެކުނު އޭޝިއާގައި ރޮށި ނުވަތަ އެ ފާޑުގެ ކޮންމެވެސް އެއްޗެއް ހިމެނެ އެވެ. ޔޫރަޕް ހިސާބުގައި ސޮސެޖާއި ބިސް ވަރަށް އާންމެވެ. އަދި ކޮފީއާ އެކު ކޮންމެވެސް ފޮނި އެއްޗެއް ބޭނުންކުރެ އެވެ. މި ވީޑިއޯ އިން މި ތަފާތުތައް ބަލައިލާށެވެ.