ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މި އަހަރުގެ ތިން ވަނަ ކުއާޓާއާ ހަމަށް ރާއްޖޭން ބޭރަށް ފޮނުވާފައިވާ ފައިސާގެ އަދަދު 2.86 ބިލިއަން ޑޮލަރަށް އަރައިފި އެވެ.

ބީއެމްއެލްއިން ރޭ ބުނީ އެއީ 373,600 އަށް ވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ކުރި މުއާމަލާތްތައް ކަމަށެވެ.

މިދިޔަ ނުވަ މަހަށް ބަލާއިރު، ކަސްޓަމަރުންނަށް 722 މިލިއަން ޑޮލަރު ބީއެމްއެލް އިން ފޯރުކޮށްދީފައިވެ އެވެ. އެއީ މަހެއްގެ މައްޗަށް 80 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު ނިމުނު އިރު އެ ބޭންކުން ވަނީ 733 މިލިއަން ޑޮލަރު ފޯރުކޮށްދީފަ އެވެ. އެހެންވެ، މި އަހަރުގެ ނުވަ މަސްތެރޭގައި ވަނީ މިދިޔަ އަހަރު އެއްކޮށް ބޭންކުން ކަސްޓަމަރުންނަށް ފޯރުކޮށްދިން ޑޮލަރާ އެއް ވަރުގެ އަދަދެއް ފޯރުކޮށްދީފަ އެވެ.

މިދިޔަ ނުވަ މަސް ތެރޭގައި ބީއެމްއެލްއަށް ރެމިޓަންސް އަދި ކާޑު ސެޓްލްމަންޓްތަކުގެ ޒަރީއާއިން 2.96 ބިލިއަން ޑޮލަރު ވަދެފައިވެ އެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހާ އަޅާބަލާއިރު 15 ޕަސެންޓްގެ އިތުރުވުމެކެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ބީއެމްއެލްއަށް ބޭރު ފައިސާގެ ގޮތުގައި ލިބުނީ 240 މިލިއަން އެމެރިކާ ޑޮލަރެވެ. އެކަމަކު އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށް ވުރެ ހަ ޕަސެންޓް ދަށް އަދަދެކެވެ. އަދި މި އަހަރުގެ ފުރަތަމަ ނުވަ މަހުގެ އެވްރެޖަށް ވުރެ 27 ޕަސެންޓް ދަށް އަދަދެކެވެ. 

ބީއެމްއެލްގެ ސީއީއޯ ޝަރީފު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ދުނިޔޭގެ ބާޒާރުގައި ޑޮލަރު ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ހަލުވިކަމާ އެކު އިތުރުވަމުން ދިއުމަކީ އެ ބޭންކުގެ ބޭރު ފައިސާގެ ވަސީލަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށް ބުނޭ.
ބީއެމްއެލްގެ ސީއީއޯ ޝަރީފު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ދުނިޔޭގެ ބާޒާރުގައި ޑޮލަރު ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ހަލުވިކަމާ އެކު އިތުރުވަމުން ދިއުމަކީ އެ ބޭންކުގެ ބޭރު ފައިސާގެ ވަސީލަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށް ބުނޭ.

ބީއެމްއެލްއިން ބުނި ގޮތުގައި، ސެޕްޓެމްބަރު މަހަކީ އާންމުކޮށް ވެސް ބޭރު ފައިސާ ލިބުން އުނދަގޫ މަހެވެ. އެހެންވެ، އެކަމަށް އަބަދުވެސް ބޭންކުން ތައްޔާރުވާ ކަމަށް ބުންޏެވެ. 

އެއީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތައުލީމީ އާ އަހަރު ފެށޭ ދުވަސްވަރު ކަމަށް ވުމުން، ތައުލީމީ ހަރަދުތަކަށް ބޭރު ފައިސާ ބޭނުންވާ މިންވަރު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މިދިޔަ މަހު ތައުލީމީ ކަންކަމަށް 8.2 މިލިއަން ޑޮލަރު ބީއެމްއެލްއިން ދޫކޮށްފައިވެ އެވެ. މިއީ އެވްރެޖް މަހެއްގައި ދޫކުރާ މިންވަރަށް ވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެއް ކަމަށް ބޭންކުން ބުންޏެވެ. 

ބީއެމްއެލްއިން ވަނީ މިދިޔަ މަހުން ފެށިގެން މަހެއްގެ މައްޗަށް އޭޓީއެމް މެދުވެރިކޮށް ނަގާ އަދަދު 3،500 ޑޮލަރަށް ލިމިޓްކޮށްފަ އެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި ބޭރުގެ ފައިސާގެ މުއާމަލާތްތަކުގެ އެންމެ ބޮޑު ބައެއް ހިންގާ ބޭންކެވެ. އޭގެ ތެރޭގަައި އިމްޕޯޓް ކުރުމާއި ސަޕްލަޔަރުންނަށް ފައިސާ ދެއްކުމާއި ރާއްޖެއިން ބޭރުގައި ތިބި އާއިލާތަކަށް އެހީތެރިވުމާއި ތައުލީމީ އަދި ސިއްހީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ވެސް ހަމަޖައްސާދެ އެވެ. 

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބީއެމްއެލްއިން ދޫކުރި ބޭރު ފައިސާ ބެހިފައިވާ ގޮތް:

  1. ކާޑު މުއާމަލާތްތައް: 336 މިލިއަން ޑޮލަރު  ދޫކުރި . މި މުއްދަތުގައި ރުފިޔާ އެކައުންޓްތަކުގެ ކާޑުތަކުން ބޭރުގައި ކުރި މުއާމަލާތްތަކުގެ އެވްރެޖް އަދަދު މަހަކަށް 37 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެ ތެރެއިން އީ-ކޮމާސް މުއާމަލާތްތަކަށް 208 މިލިއަން ޑޮލަރު (ޖުމްލަ 62 ޕަސެންޓު) ހޭދަކޮށްފައިވާއިރު، ރާއްޖެއިން ބޭރުގެ ޕޮއިންޓް-އޮފް-ސޭލްތަކަށް 93 މިލިއަން ޑޮލަރު އަދި އޭޓީއެމް މެދުވެރިކޮށް 34 މިލިއަން ޑޮލަރު ނަގާފައިވެ އެވެ.
  2. ޓެލެގްރެފިކް ޓްރާންސްފަ (ޓީޓީ): 224 މިލިއަން ޑޮލަރު. ކަސްޓަމަރުން ފޮނުވާ ޓީޓީއަށް ބޭންކުން ވިއްކާފައިވާ ބޭރު ފައިސާގެ އަދަދު މިހާރު ވެސް ވަނީ 2025 ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި 175 މިލިއަން ޑޮލަރަށް ވުރެ 28 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.
  3. ދަތުރުފަތުރަށް ދޫކުރި ނަގުދު ފައިސާ: 86 މިލިއަން ޑޮލަރު. މީގެ ތެރޭގައި ހައްޖާއި އުމްރާގެ އަޅުކަމަށް ރާއްޖެއިން ބޭރަށް ދަތުރުކުރި ފަރާތްތަކަށް ދޫކުރި 5.8 މިލިއަން ޑޮލަރު ހިމެނެ އެވެ.
  4. ތައުލީމީ ބޭނުންތަކަށް: 40 މިލިއަން ޑޮލަރު. ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން މަހަކު އެވްރެޖްކޮށް 4.4 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ.
  5. ސިއްހީ ބޭނުންތަކަށް: 33 މިލިއަން ޑޮލަރު. މިއީ މުޅި 2025 ވަނަ އަހަރު ދޫކުރި 14 މިލިއަން ޑޮލަރަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.

ބީއެމްއެލް އިން ބުނީ، ދުނިޔޭގެ ބާޒާރުގައި ޑޮލަރު ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ހަލުވިކަމާ އެކު އިތުރުވަމުން ދިއުމަކީ އެ ބޭންކުގެ ބޭރު ފައިސާގެ ވަސީލަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.

ބޭންކުން އެ ގޮންޖެހުންތައް މެނޭޖް ކުރަނީ ހަރުދަނާ އުސޫލުތަކެއްގެ މަތިން ބެލެންސް ޝީޓް ބަލަހައްޓައިގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ. އޭގެ ތެރޭގައި ބޭރު ފައިސާގެ ޑިޕޮސިޓްތައް އިތުރުކުރުމާއި ހިފެހެއްޓުމާއި ދިގުމުއްދަތުގެ ބޭރު ފައިސާގެ ފަންޑިން ހޯދާނެ މަގުތައް އިތުރުކުރުމުގެ އިތުރުން، ބޭންކުގެ އުފެއްދުންތަކާއި އަގުތައް ބާޒާރުގެ ހާލަތަށާއި ބޭންކުގެ ރިސްކް އެޕެޓައިޓާ އެއްގޮތަށް ގަވާއިދުން މުރާޖައާކުރުން ހިމެނޭ ކަމަށް ބޭންކުން ބުންޏެވެ.