ރާއްޖެއިން އެންގޯލާއާ އެކު ސިޔާސީ ގުޅުން އިއްޔެ ގާއިމްކޮށްފި އެވެ.
ސިޔާސީ ގުޅުން ގާއިމުކޮށް އެއްބަސްވުމުގައި ސޮއިކުރެއްވީ ނިއު ޔޯކުގެ ރާއްޖޭއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ ސަފީރު ތިލްމީޒާ ހުސެއިން އެވެ. އެންގޯލާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ ސަފީރު މާރިއާ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސެންޓްރަލް އެފްރިކާގެ މި ގައުމާ އެކު ސިޔާސީ ގުޅުން ގާއިމްކުރީ ބޭރު ގައުމުތަކާ އެކު ބާއްވާ ގުޅުންތައް ފުޅާ ކުރުމުގެ ސިިޔާސަތުގެ ދަށުން ކަމަށެވެ. އެ މިނިސްޓްރީން ބުނީ 173 ގައުމަކާ އެކު ރާއްޖެއިން މިހާތަނަށް ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ކަމަށެވެ.