އެސްޓީއޯގެ ޗެއާޕާސަނަކަށް އާމިރު މަންސޫރު ހަމަޖައްސައިފި އެވެ.

އާމިރު މަންސޫރަކީ ލިލީ އެފްއެމްބީގެ މެނޭޖިން ޑިރެކްޓަރެކެވެ. އާމިރު މަންސޫރު ޗެއާޕާސަނަށް އައްޔަން ކުރުމުގެ އިތުރުން އެކުންފުނީގެ ބޯޑަށް ވަނީ މުހައްމަދު މުރާދު އައްޔަނުކޮށްފަ އެވެ.

އެސްޓީއޯގެ ބޯޑުގައި ޗެއާމަންގެ އިތުރުން ހަ ޑައިރެކްޓަރުން ތިބެ އެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ ހަފްތާގައި އައްޔަން ކުރީ ޗީފް އެގްޒެކެޓިވް އޮފިސާ ޝިމާދު އިބްރާހީމެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަނުން ކަނޑައަޅަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ. އެ ބަދަލު ގެންނަނީ ރައީސް އެ ބޭފުޅުންގެ ނަންފުޅު އެ ބޯޑަށް ފޮނުއްވުމުންނެވެ.