އޮފީސް ފަރުނީޗަރަށް ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް އަލޯރާއިން ފަށައިފި އެވެ.

އަލޯރާ އޮފީސް ފަރުނީޗަރު ސޭލްގެ ނަމުގައި ފެށި މި ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ފެބްރުއަރީ 28 ގެ ނިޔަލަށެވެ.

މިއީ އޮފީސް ފަރުނީޗަރުތައް އާ ކޮށްލުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އަލޯރާ އިން ބުނެ އެވެ. އަލޯރާގެ އޮފީސް ފާނީޗަރު ޝޯރޫމަކީ ރާއްޖޭގައި ހުޅުވާފައިވާ އެންމެ ބޮޑު ޝޯރޫމެވެ. މި ޝޯރޫމް ހުޅުވާފައި ވަނީ 2005 ވަނަ އަހަރު އެވެ.

އޮފީސް ފަރުނީޗަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ އިރު އަލޯރާ އިން ވަނީ އާ އަހަރަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ބާއްވައިފަ އެވެ. އެގޮތުން ޕާޗޭސް އޯޑަރުތަކަށާއި ކާޑުން ކުރާ ވިޔަފާރިތަކަށް 20 ޕަސެންޓުގެ ޑިސްކައުންޓް އެ ޕްރޮމޯޝަންގެ ދަށުން ދިނެވެ. އަދި ނަގުދު ފައިސާ އިން ވިޔަފާރިކުރާ ފަރާތްތަކަށް 25 ޕަސެންޓް ޑިސްކައުންޓް ދިނެވެ.