އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އަލިފުޅު ތުއްތު ފައުންޑޭޝަނުން ށ. ކަނޑިތީމުގައި އެޅި މިސްކިތް، އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

މިިދިޔަ އަހަރުގެ ޖެނުއަރީ މަހު އަޅަން ފެށި 700 މީހުންގެ ޖާގައިގެ މި މިސްކިތުުގެ މަސައްކަތްތައް އެއްކޮށް ނިންމާލާފައިވަނީ މިިދިޔަ މަހުގެ ފަހުކޮޅެވެ.

ކަނޑިތީމުގައި އަލިފުޅު ތުއްތު ފައުންޑޭޝަނުން އެޅި މިސްކިތް، އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ފައުންޑޭޝަންގެ ފަރާތުން އަބްދުﷲ ސަލީމް އަބްދުލް ސައްތާރު (ވ) އަދި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިިމް އަހުމަދު ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލުކުރައްވަނީ.-- ފޮޓޯ: އަލިފުޅު ތުއްތު ފައުންޑޭޝަން

އަލިފުޅު ތުއްތު ފައުންޑޭޝަނުން ބުނިގޮތުގައި އެއީ އެ ފައުންޑޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން އެޅި މިސްކިތެއް ކަމަށެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ވަނީ އިތުރު ހަ ރަށެއްގަައި މިސްކިތް އެޅުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އެއީ ހއ. ތަކަންދޫ، ށ. ނަރުދޫ، މ. މުލައް، ރ. ހުޅުދުއްފާރު، ލ. މާމެންދޫ އަދި ހދ. ހަނިމާދޫ އެވެ. އެ މިސްކިތްތަކުގެ ތެރެއިން މާމެންދޫ މިސްކިތުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު ހުޅުދުއްފާރު މިސްކިތް ވެސް ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނުން ށ. ކަނޑިތީމުގައި އެޅި މިސްކިތް.-- ފޮޓޯ: އަލިފުޅު ތުއްތު ފައުންޑޭޝަން
އަލިފުޅު ތުއްތު ފައުންޑޭޝަނުން ށ. ކަނޑިތީމުގައި އެޅި މިސްކިތް.-- ފޮޓޯ: އަލިފުޅު ތުއްތު ފައުންޑޭޝަން

ރާއްޖޭގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ މަގުސަދުގައި 2000 ވަނަ އަހަރު އުފެއްދި ފައުންޑޭޝަނުން އަންނަނީ އެކި ރަށްރަށުގައި މިސްކިތްތަކާއި ފެނާއި ނަރުދަމާ ވެސް ގާއިމްކޮށްދެމުންނެވެ. އަދި ކޮންމެ އަހަރަކު ވެސް މަދުވެގެން ދިވެހި ދެ ދަރިވަރަކަށް ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަށް ސްކޮލަޝިޕް ދެ އެވެ. މީގެ އިތުރުން ޖެންޑާ މިނިސްޓްރީން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެވޯޑު ވެސް އެ ފައުންޑޭޝަނަށް މިއަހަރު ދީފަ އެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާތަކަށް ވެސް އެކި ގޮތްގޮތުން އަލިފުޅު ތުއްތު ފައުންޑޭޝަނުން އެހީވެ އެވެ.