ކޮމިޝަނާ އޮފް ޕްރިޒްންސް އަހުމަދު ޝިހާން މިއަދު މަގާމުން ވަކިކުރައްވައިފި އެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުށްވެރިން ބަލަހައްޓާ އިދާރާގެ އިސްވެރިޔާ ޝިހާން މިއަދު މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. އެކަމަކު އެ މަގާމަށް އަދި އާ ބޭފުޅަކު އައްޔަނެއް ނުކުރައްވަ އެވެ.
ކަރެކްޝަނަލް ސާވިސްގެ އިސްވެރިޔާ މަގާމުން ވަކިކުރެއްވިއިރު، ކުށްވެރިންގެ ހައްގުތައް އެ އިދާރާއިން ނިގުޅައިގަންނަމުންދާ ކަމަށް ބުނެ ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އަދި ޝިހާން އިސްތިއުފާ ދެއްވުމަށް އެކި ފަރާތްތަކުން ގޮވަމުން ދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.